April 17, 2026
Advertisement
ހަމާސްގެ ކޮމާންޑަރުން
ހަމާސްގެ ކޮމާންޑަރުން

ހަމާސްގެ ކޮމާންޑަރެއް ޝަހީދުކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Jan 2, 2024, 10:47 PM
މާލެ ސިޓީ

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ހާމަކޮށްފިއެވެ.

ނިރުބަވެރި އިސްރާއީލުން ބުނި ގޮތުގައި ޝަހީދު ކޮށްލާފައިވަނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ އާދިލް މިސްމާހްއެވެ.

އޭނާ ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ޑިއާ އެލް-ބަލާހްގައި ކަމަށް ނިރުބަވެރި ބުނެއެވެ.

ނިރުބަވެރިން ބުނި ގޮތުގައި އޭނާ ޝަހީދު ކޮށްލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނެއެވެ.

އޭނާ ޝަހީދުކޮށްލުމުގެ އިތުރުން ވެސް ޣައްޒާގައި ހަމާސްއާއި އިސްލާމިކް ޖިހާދުގެ ބައެއް މީހުން ތިބި ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުނި ނަމަވެސް މިހާތަނަށް ހަމާސް އިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަމާސް އާއި ދެކޮޅަށް ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް މިހާތަނަށް ހުއްޓާފައި ނުވާއިރު، ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް ނިރުބަވެރިން އަންނަނީ ހަމާސް ޖަމާއަތަށް ދޭ ހަމަލާތައް ކަމަށް ބުނެ، ޣައްޒާގެ އާންމުން ޝަހީދު ކުރަމުންނެވެ.

އެގޮތުން މިހަމަލާތައް ފެށުނު ފަހުން މިހާތަނަށް ޣައްޒާއިން 22،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved