March 19, 2026
Advertisement
އީދީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ
އީދީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ / ސަން އޮންލައިން

ޖުމުލަ 368 ކެންޑިޑޭޓުން, އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަ ކުރޭ: ހަބީބް

Aishath Naja
އައިޝަތު ނަޖާ
Feb 17, 2024, 06:03 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އަމިއްލަ ގޮތުން ވާދަ ކުރަނީ 130 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބުވިދާޅުވެއްޖެ އެވެ.

Advertisement

ހަބީބް މިފަދައިން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.

އިންތިހާބުގައި ވާދަކުރީ 42 އަންހެނުންނާއި 326 ފިރިހެނުން ކަމަށާއި ވާދަކުރި އަންހެނުންގެ ނިސްބަތަކީ 11.41 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި ވާދަކުރީ 43 އަންހެނުންނާއި 343 ފިރިހެނުންނެވެ.

މި ފަހަރު އިންތިހާބުގައި ޖުމުލަ ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ނަމަވެސް އެއްވެސް ޕާޓީއަކުން 93 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައެއް ނެތެވެ.

90 ދާއިރާއަކާއެކު އެންމެ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ޓިކެޓުގައި ނެރެފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަނީ 89 ކެންޑިޑޭޓުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved