

މާލޭގެ އުސް އިމާރަތަކުން ވެއްޓި ޒަހަމް ވެފައިވާ ޔުމްނުގެ މައްސަލާގައި ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
އޭނާ މަގާމުން ވަކިކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލައިގައި 14 ދުވަހުގެ ނޯޓިހެއް ވަނީ ފޮނުވާފައެވެ. މިމައްސަލަ މަޖިލީހަށް ވެއްދީ ޒުވާނުން ކުރާ މުޒާހަރާއާއި އަދި މީގެ އިތުރުން ހޯދިފައި ވާހެކިތަކަށް ބެލުމަށްފަހުގައި ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ 12 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅުމުން، އޭނާއަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި ވަކިކުރުމުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެއި 15، ގައި ކަމަށްވެއެވެ.
ތުހުމަތު އަމާޒުވާގޮތުގައި މިނިސްޓަރު ދިރިއުޅުއްވާ ގޭގައި އެރޭ މަސްތުގެ ޕާޓީއެއްގައި ޔުމްނުއާއި އަދި މައްސަލައަށް ދައުވާ ލިބޭ ރައުދު ބައިވެރިވެފައި ވާކަމަށްވާތީ އާއި އަދި މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސް ކުރުން ލަސްވުމާއި ގުޅިގެންކަމުގައެވެ. އަދި މިއާއި އެކު މިނިސްޓަރު އަމީން ގެ ގެ ބަލައި ފާސް ކުރެވުނީ، އޭގެ ހަތް ދުވަސް ކަމުގައި ވާތީ ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.