March 21, 2026
Advertisement
އިބިލީހުގެ ކައިވެންޏަށް ވެފައި އޮތް މި ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ދިން ހަތަރު ވަނަ ތާރީޚު ވެސް ފަހަނައަޅައިފި
އިބިލީހުގެ ކައިވެންޏަށް ވެފައި އޮތް މި ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ދިން ހަތަރު ވަނަ ތާރީޚު ވެސް ފަހަނައަޅައިފި / ރައީސް އޮފިސް

އިބިލީހުގެ ކައިވެންޏަށް ވެފައި އޮތް މި ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ދިން ހަތަރު ވަނަ ތާރީޚު ވެސް ފަހަނައަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2026, 04:42 PM
މާލެ ސިޓީ

އިބިލީހުގެ ކައިވެންޏަށް ވެފައި އޮތް މި ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ޕިއެންސީގެ ސަރުކާރުން އެްމެ ފަހުން ދިން ތާރީޚު ފަހަނާ ދިޔައިރުވެސް ޓެކްސީ ލައިންގެ ޚިދުމަތް ނުފެށުނުކަން ހާމަވެއްޖެއެވެ.

Advertisement

ނުފެށި ދިގުލައިގެންދިޔަ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް މިމަހުގެ 18 ވަނަ ދުވަހަށް ނިންމައި، ޢީދަށް ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މާރޗު މަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ޓެކްސީ ލައިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ.

މިނިސްޓަރު ވަނީ ޓެކްސީ ލައިންގެ ދެ ބެޗުގެ ޓެކްސީތައް ވެސް ނިމި، މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެއް ބެޗު އެ ދުވަހު ސްރީ ލަންކާގެ ޕޯޓަށް ވަންނާނެ ކަމަށާއި މިމަހުގެ 11 ވަނަ ދުވަހު އެއް ބެޗް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިންގެ ދެވަނަ ބެޗު ގެންނަނީ ޗައިނާއިން ކަމަށެވެ. އަދި ޓެކްސީތަކުގައި ތިން މޮޑެލްއެއް ހިމެނޭކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އެއް މޮޑެލްއެއް ގެންނަނީ ތައިލެންޑުން ކަމަށާއި އަނެއް ދެ މޮޑެލް ގެންނަނީ ޗައިނާއިން ކަމަށެވެ.

ޗައިނާއިން އަންނަ ދެ މޮޑެލްވެސް މިހާރު އުޅެނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށާއި އެ ހަފްތާގެ ހުކުރު ދުވަހު، ދެވަނަ ބެޗު ރާއްޖެއަށް ލިބޭނެ ތާރީޚު އެނގޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ޕްލޭންކޮށްފައި ވަނީ ފުރަތަމަ ދެ ބެޗުގައި 150 ކާރު ގެނައުމަށް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އެމްޓީސީސީއިން މަސައްކަތްކުރަނީ މިމަހުގެ 18ގައި ޓެކްސީ ލައިންގެ މަސައްކަތް ނިންމައި އީދަށް، ޓެކްސީ ލައިންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ.

ނަމަވެސް އެ ތާރީޚުވެސް ފަހަނަ އަޅާ ދިޔައިރުވެސް މިނިިސްޓަރު އެ ވިދާޅުވާ ޓެކްސީ ލައިންގެ ޚިދުމަތް ދިވެހިންނަށް ލިބެން ފަށާފައިނުވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިން 4 ވަނަ ތާރީހުވެސް ފަހަނަ އަޅާ ގޮސްފައިވާއިރު، މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 15ގައި ސޮއިކޮށް ހިދުމަތް ދޭން އެންމެ ފުރަތަމަ ދިން ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved