March 19, 2026
Advertisement
މޫސުން
މޫސުން / ތޭރަ އޮންލައިން

ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

Aishath Naja
އައިޝަތު ނަޖާ
Feb 17, 2024, 06:10 PM

ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދަންމާލައިފިއެވެ.

Advertisement

މެޓް އޮފީހުން މޫސުމާ ބެހޭ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.

މި ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކުގައި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހުދު ސަމާލުގައިވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ހާމަކުރެއެވެ.

މި ދުވަސްވަރަކީ މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

ދަތުރު ފަތުރު ކުރާނަމަ މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ސަލާމަތީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved