

ޗާގޯސް މައްސަލައާ ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވެސް ދެންނެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ މިއަދާ ހަމައަށް އައިއިރު ވެސް ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް ބޭރުގެ އެކްސްޕާޓުންގެ އެހީއާއި ލަފާ ހޯދާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ދެން މިދަނީ އެކަމާ ގުޅިގެން ދެން ހުރި މަރުހަލާތަކުގެ މަސައްކަތްތައް ކުރަމުން. އެ މަސައްކަތްތައް ފަށާފައި ވަނީ،
ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރަށް ފޮނުވި ކަމަށް ބުނާ ސިޓީ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ސިއްރުކޮށްފަ އެވެ. މީގެއިތުރުން ޗާގޯސް މައްސަލައިގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު އަދި ކަނޑުގެ ގާނޫނުގެ ޚަބީރެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު ވަނީ މިފަހުން ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މި ސަރުކާރުގެ ވެރިން މީގެ ކުރިން ކިޔަމުން ގެންދިޔަ ހުރިހާ ޅެމެއް ފަރިއްސަށްވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.