

ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން ދެން ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 އަށް އޯޑަރު ދީ، 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިހާރު ބޭސް ލިބޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި ނަމަވެސް މާލެއާއި އަތޮޅުތެރެއިން އަސާސީ ބައެއް ބޭސް އަދި ވެސް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ބުނަމުން ނެވެ.
ފާމަސީތަކުން ބޭސް ނުލިބޭ ކަމަށް ގިނަ ބަޔަކު ބަޔަކު ބުނަމުންދާއިރު މި މައްސަލައިގައި މިހާތަނަށް ފޯނު ނުނެގުމުގެ ސަބަބުން "ތޭރަ އޮންލައިން" އަށް ވަނީ އެސްޓީއޯގެ ބަހެއް ލިބޭ ގޮތެއް ނުވެފަ އެވެ.
ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ލިބުމުގައި ގިނަ ދަތިކަމެއް ހުރި އިރު ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން މިސައިލާއި ސްޕެޝަލް އޮޕަރޭޝަން ވެހިކަލްފަދަ ތަކެތި ގަތުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންކަން ފާހަގަ ކުރެވެ އެވެ.