theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް، މަސްވެރިންގެ ގުންޒަރުގައި / ޕީއެސްއެމް
ހަބަރު
މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މީހާ އަށް ވީގޮތް އެނގިވަޑައިނުގެންނަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 މޭ 2025
މާލެ ސިޓީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަކީ ރައީސް މުއިއްޒު ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އަދި މި ވައުދު ފުއްދުމަކީ އެމަނިކުފާނުގެ 14 ހަފްތާގެ ވައުދެކެވެ. ނަމަވެސް ވެރިކަމަށް 16 މަސް ވީއިރު މިފްކޯގެ ބޯޑުގައި އަދިވެސް މަސްވެރިއަކު ހިމެނިފައެއް ނުވެ އެވެ.

މިކަމާއި ގުޅިގެން މިއަދު ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށާއި އެކަން ވީގޮތެއް ބައްލަވާނެ ކަމަށެވެ. އަދި އެ ވައުދު ލަސްވާ ސަބަބު ހޯއްދަވާނެ ކަމަށެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް އައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތަށް ސަރުކާރުން ހުޅުވާލީ 2023 ވަނަ އަހަރު ޑިސެންބަރު މަހު އެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލެވޭނީ މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ ދިވެހިންނަށެވެ. އަދި އެ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.

މަސްވެރިންގެ ބޯޑަށް ރައީސް ހޯއްދެވި މީހާއަށް މީގޮތް ނޭނގޭ ކަމަށް ރައީސް މީޑިއާގެ ކުރިމަތީ އެއްބަސްވެލެއްވިއިރު، ނިމިދިޔަ ސަރުކާރެކޭ އެއްފަދައިިން މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވަމުންދާ ވާހަކަ އަކީ އެއްވެސް ވަރަކަށް މަސްވެރިންނަށް އާ ވާހަކައެއް ނޫނެވެ.

މަސްވެރިންނަށް ހައްގުތައް ކަށަވަރުނުވެ މަސްވެރިންދަނީ ހިތްދަތި ދުވަސްތަކެއް ތަހައްމަލުކުރަމުންނެވެ. އާއިލާގެ ޒަރޫރީ ބޭނުންތައް ނުފުއްދި މަސްވެރިން ތިބި މާޔޫސްވެފަ އެވެ. އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާ މުއްތި ކުރާނެ ގޮތެއް ކޮޅެއް މެދެއް ނުފެނިފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved