March 11, 2026
Advertisement
ހުރަވީ ދުވަސް ފާހަގަކުރަން ސަރުކާރުން ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން ދިވެހި ބަހާއި ސަގާފަތް އަދި ތަރިކައާ ބެހޭ ވަޒީރު މަރުހަބާ ދަންނަވަނީ.-
ހުރަވީ ދުވަސް ފާހަގަކުރަން ސަރުކާރުން ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން ދިވެހި ބަހާއި ސަގާފަތް އަދި ތަރިކައާ ބެހޭ ވަޒީރު މަރުހަބާ ދަންނަވަނީ.- / ރައީސް އޮފިސް

ޅެން ފަރުވާގެ ތަފްސީލު ސަރުކާރުން ރައްޔިތުންނަށް އިތުރަށް ދޭނަން: ރައީސް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 4, 2025, 01:36 AM
މާލެ ސިޓީ

ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ރާވާ ހިންގުމަށް ނިންމާފައިވާ "ޅެމުން ފަރުވާ" ގެ މައުލޫމާތު މިހާރަށްވުރެ އިތުރަށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ޅެންފަރުވާގެ މައުލޫމާތު މިހާރަށްވުރެ އިތުރަށް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ހުދު އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމަށެވެ.

ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރަށް ތި ދެންނެވި މައުލޫމާތު ތަފްސީލުކޮށް ދެއްވުމަށް އެދިލައްވާނަން

ރައީސް މުއިއްޒު

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނާ ގޮތުން, "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމިޓީން ފާސްކުރީ "ޅެން ފަރުވާ" އެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ދިރާސާއެއް ކުރައްވާނެ ކަމަށް މި ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، އެ ދިރާސާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.

ޅެން ފަރުވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ދާއިރާގެ ފަންނީ ބޭފުޅުންނާ އެކުގައި ވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓާ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާ އެކު މަޝްވަރާކުރި އެވެ.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގައި، ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާއެއް ވަނީ އުފައްދައިފަ އެވެ. އެއީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ގައުމީ ޗާޕުހާނާއެކެވެ.

ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved