March 22, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ

Hussain Nawaf
ހުސައިން ނަވާފް
May 5, 2025, 10:50 PM

ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފްގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މާދަމާ ރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

މާދަމާ ރޭ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

Advertisement


ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެ އެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved