ރައީސް ޑރ މުއިއްޒުގެ ލިވަޕޫލް ދަތުރުގެ ތެރެއިން / ރައީސް އޮފިސް
ހަބަރު
ރައީސް ޑރ މުއިއްޒުގެ ލިވަޕޫލާއި ލީޑްސް ޒިޔާރަތަށް އެމްއެމްޕީއާރުސީން 3 ލައްކައަށް ވުރެއް ގިނަ ރުފިޔާ
Hussain Nawaf
ހުސައިން ނަވާފް
05 މޭ 2025

ރައީސް ޑރ މުހައްމަދު މުއިއްޒު ލިވަޕޫލާއި ލީޑްސް އަށް ޒިޔާރަތް ކުރި ދަތުރަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން އެމްއެމްޕީއާރުސީން 3 ލައްކައަށް ވުރެއް ގިނަ ރުފިޔާ ހަރަދު ކުރި ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން 13 އޮންލައިނުން އެމްއެމްޕީއާރުސީއަށް ފޮނުވި އާރުޓީއައީގެ ޖަވާބުގައެވެ.

އެގޮތުން އެމްއެމްޕީއާރުސީން ހާމަކުރި ތަފާސްއިން ދައްކާ ގޮތުގައި އެކު ޖުމްލަ 339،064.89 ދިވެހި ރުފިޔާވަނީ އެ ދަތުރަށް ހަރަދުކޮށްފައެވެ.

ހަރަދުގެ ތަފްސީލް

އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހަރަދުކުރީ 153،000 ދިވެހި ރުފިޔާ ކަމަށް ރައީސް އޮފީހުން ކުރިކަން މީގެ ކުރިންވަނީ ހާމަވެފައެވެ.

ރައީސް ލިވަޕޫލަށް ވަޑައިގަތީ އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް މަންޒިލަކަށް ރާއްޖެ ހެދުމުގެ ހަރަކާތް އިފްތިތާހު ކުރެއްވުމަށެވެ.

ނަމަވެސް ލިވަޕޫލް ފުޓްބޯލް ކްލަބު ރައީސް ޑރ މުހައްމަދު މުއިއްޒަށް ސަމާލުކަމެއް ނުދިންކަން ފާހަގަ ކުރެވުނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް ބައްދަލުކުރި މެޗު ބަލާލުމަށް ފުރުސަތު ދީފައިވަނީ އާދައިގެ ވިޒިޓަރ އެއްގެ ގޮތުގައެވެ. އަދި ރާއްޖެ ޕްރޮމޯޓުކުރަން އެ ދަނޑުގައި ޖާޒީއަކާ އެކު ރައީސް މުއިއްޒު ކުރެއްވި އިޝްތިހާރުގައިވެސް ލިވަރޕޫލުގެ އެއްވެސް ފަރާތަކުންވެސް އަދި އިނގިރޭސިވިލާތުގެ އިސް ފަރާތަކުންވެސް ބައިވެރިވެފައިނުވެއެވެ.

ހަމަ އެގޮތުގައި މި ސްޓޭޑިއަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން ދުނިޔޭގެ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނަށް އަރުވާ އެއްވެސް ޕްރޮޓޮކޯލްއެއް ލިވަރޕޫލް އެފްސީން ހަމަޖައްސާދީފައެއްވެެސް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved