

މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާކަން ހާމަވެއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ހާމަކޮށް ފުލުހުން ބުނެފައިވަަނީ، މިރޭ 20:35 ހާއިރު މާލޭގައި ސަބްދެލިމަގު ޗާންދަލިޔާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެއީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް މާރާމާރީގެ 199 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.