ގެއްލިގެން ހޯދަމުން ދިޔަ ސްކޫލް ކުއްޖާ ފެނިއްޖެ / ޕޮލިސް
ހަބަރު
ގެއްލިގެން ހޯދަމުން ދިޔަ ސްކޫލް ކުއްޖާ ފެނިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 މޭ 2025
މާލެ ސިޓީ

ހުޅުމާލެއިން ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ކޮމެންޓެއް ފުލުހުން ނުދެ އެވެ.

ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން ނިކުމެގެން ދިޔަ މައްސަލައެއް މިދިޔަ މަހު 30ގައި ވަނީ ފެންމަތިވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުއްޖާއަށް ގޭޓުން ބޭރަށްދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved