theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައިޒް އަޕް / ތޭރަގްރެފިކްސް
ހަބަރު
"ރައިޒް އަޕް"ގެ ނަމުގައި ޒުވާނުންގެ ބޮޑު ހަރަކާތެއް، ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާނެ!
Mariyam Isaadha
މަރިޔަމް އިސާދާ
20 ނޮވެމްބަރު 2025
މާލެ ސިޓީ

"ރައިޒް އަޕް"ގެ ނަމުގައި ޒުވާނުންގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ޒުވާނުންތަކެއްގެ އަމިއްލަ އިސްނެގުމާ އެކު ބާއްވާ މި ހަރަކާތް އޮންނާނީ 21 ނޮވެމްބަރު 2025 ވާ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ފޭސް 2ގެ ހިޔާ ޓަވަރު 12 އަ ދިމާލުގައި ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

މި ހަރަކާތަކީ މިހާރު ގައުމުގެ މިސްރާބު ހުރި ގޮތާމދު ޒުވާނުންގެ ޝުއޫރުފާޅުކުރުމަށް ބާއްވާ ހަރަކާތެއް ކަމަށާ ހަރަކާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މި ހަރާކަތް އިންތިޒާމުކޮށް ހިންގާ ޒުވާނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ ބޮޑުބެރުގެ ހަރަކާތްތަކާ އަދި ބާބަކިއުއަކާ ވެސް އެކުއެވެ.

އެހެންކަމުން ވީހާ ވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ ކުރިންވެސް ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ބާބަކިއު ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް އޮތް ލޯތްބާ ތާއީދު ރައްޔިތުން ނިކުމެ ދައްކާލާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved