ހުޅުމާލޭގައި ހުންނަ ސްޓެލްކޯ ޓަވަރުތައް. މިއަދު އެތަނުން ޓަވަރަކުން ވެއްޓި މީހަކު ވަނީ ނިޔާވެފައި. / އަވަސް.އެމްވީ
ހަބަރު
ސްޓެލްކޯ ޓަވަރުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
10 ފެބްރުއަރީ 2025
މާލެ ސިޓީ

ހުޅުމާލޭ ޕށް 2ގައި ހުންނަ ސްޓެލްކޯ ޓަވަރުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން މީޑީޔާތަކާ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި ނިޔާވެފައިވަނީ ހ. ގިނިރާހި، އިބްރާހިމު ޝަރަފު (31) ކަމަށެވެ. އޭނާ ނިޔާވީ އެ ޓަވަރުގެ 9 ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށާ އޭނާ ފެނުނީ ވެއްޓިފައި އޮއްވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯގެ ސީ ޓަވަރު ބިތްދޮށަށް ވެއްޓިފައި އޮއްވާ ޝަރަފު ފެނުނުއިރުވެސް ނިޔާވެފައިވާ ކަމަށް ވެއެވެ.

ފުލުހުން ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved