

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.
އެ ދަރިވަރު ސްކޫލަށް ދާން ނުކުތީ ހިޔާ ޓަވަރު 8 އިން ކަމަށާއި އެކަމަކު އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދާ ކުއްޖާގެ އުމުރުގެ ކުދިން ދާ ސްކޫލަކަށް ހުޅުމާލެ 2 ގައި ހުންނަނީ ސަލާހުއްދީން ސްކޫލެވެ.
ފުލުހުން ބުނި ގޮތުގައި، މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެ ތަނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލު ވެސް ގުޅިގެންނެވެ.
ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން ނިކުމެގެން ދިޔަ މައްސަލައެއް މިދިޔަ މަހު 30ގައި ވަނީ ފެންމަތިވެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުއްޖާއަށް ގޭޓުން ބޭރަށްދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.