March 19, 2026
Advertisement
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވަނީ
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވަނީ / މިހާރު

އަޒްމިރަލްދާއާ މަހާޒުވެސް ގާޒީއިންނަށް ނުފޫޒު ނުފޯރުވާކަން ހާމަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
May 7, 2025, 01:06 AM
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިރާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ އިސްމާއިލު ލަތީފު ހައްޔަރުކުރި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން ގާޒީއިންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އެކަން އެމަގުން ނުހިނގާކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ.

ޒިހުނީ ބަޔާނުން ހާމަވާ ގޮތުގައި މަހާޒް އައްސަވައިގެން ސަފްވަތު ޒިހުނީއަށް ފޯނުކުރައްވާ އެއްސެވީ ލަތީފު ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަންޏެވެ. އިތުރު އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި، ގާޒީ ސަފްވަތު، ޒިހުނީއަށް ގުޅުއްވިއިރު އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލައިފައިވާކަން ވެސް ބަޔާނުން އެނގެއެވެ.

އެހެންކަމުން، މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތްކަން ގާޒީ ޒިހުނީގެ ބަޔާނުން ހާމަވެއެވެ. ނަމަވެސް އެ މައްސަލަ ބަލާ ޖޭއެސްސީއިން ނިންމާފައިވަނީ ދެ ފަނޑިޔާރުންވެސް މަގާމުން ވަކިކުރަންށެވެ. އެހެންކަމުން ދެ ފަނޑިޔާރުން ވަކި ކުރަނީ ނުފޫޒު ފޯރުވައިގެން ނޫންކަމާ އޭގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސިއްރެއްވާކަމަށް ބެލުުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved