April 18, 2026
Advertisement
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ / ހައި ކޯޓް

ފަނޑިޔާރު ދީބާނާޒްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 8, 2025, 01:28 AM
މާލެ ސިޓީ

ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

Advertisement

"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީ އިން ބަލަނީ ދީބާނާޒް ފަހުމީޝަރީއަތެއް ނުހިންގައި ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް ކަމަށް ބައެއް މަސްދަރުތަކުން ކަށަވަރުވެ އެވެ.

ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ މައްސަލަތަކުގެ ތަފްސީލް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެހެންވެ، މިކަމާ ގުޅޭގޮތުން ކޮމިޝަނުގެ ބަހެއް ނުލިބެ އެވެ.

ދީބާނާޒް ފަހުމީގެ މައްސަލައެއް ބަލަން ފެށީ ކޮން މައްސަަލައެއްގެ ޝަރީއަތް ލަސްވެގެން ކަމެއް ނޭނގެ އެވެ.

އުސޫލު އޮންނަ ގޮތުން، ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާނީ އެ ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއަށް ފަނޑިޔާރު ހާޒިރުކޮށް ގޮތެއް ނިންމުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ދީބާނާޒް އައްޔަނު ކުރީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. ދީބާނާޒް އަކީ ކްރިމިނަލް ކޯޓަށް އައްޔަނު ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ. އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދީބާނާޒް ފަހުމީ އައްޔަން ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

އަންހެން ބޭފުޅެއްކަމަށްވާ ދީބާޒާގެ މައްސަލައެއް ޖޭއެސްއީން ބަލަން މި ފެށީ ކޯޓުތަކުގެ ފަނޑިޔާރުންނަށް "އަންހެނުން" ތިބުން ދެކޮޅު ކަމަށް ރައީސް މުއިއްޒުގެ ބޮޓުން ބުނަމުންދާ ދަނޑިވަޅެއްގައި އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved