May 5, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހްމަދު
ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ރާއްޖެ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި: ޑރ ޖަމީލް

Aminath Raudha
ައަމިނަތު ރައުދާ
Feb 18, 2024, 03:51 AM
މާލެ ސިޓީ

ރާއްޖޭގެ އިކޮނޮމީ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ވީކެންޑް ވިތް ޑރ ޖަމީލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދް އޮތީ ރަނގަޅަކަަށް ނޫން ކަމަށާއި އިގްތިސާދް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން އައި އެމް އެފްގެ ރިޕޯޓުން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދް އޮތީ ރަނގަޅަކަށް ނޫން. އެ ކޮންމެހެން އައި އެމް އެފް އަކުން ނުބުންޔަކަސް އެންމެ ކުޑަ ކުއްޖާއަށް ވެސް އިނގޭ ކަމެއް.

ޑރ ޖަމީލް

އަދި ހަމައެއާއެކު ޖަމީލް ވިދާޅުވީ ދިވެހި ރާއްޖެ އޮތީ ނިކަމެތި ހާލަތެއްގައި ކމަށާއި ރާއްޖޭގެ އިގްތިސަދީ ހާލަތު ބޮޑު ތަނުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑު ކުރީ ދުވަހެއްގަވެސް ދެއްކިން ދޮއްތޮ މިވަހަކަ. އަސްލު ރާއްޖެ އަކީ ފަގީރު ގައުމެކޭ، ނިކަމެތި ހާލަތެއްގައޭ މި އޮތީ، ރާއްޖެއަށް ނުކަތާ ވަރަށް ދަރަނި ނަގައިފިއެ ، ދެން ރާއްޖޭގެ އިންފްލޭޝަން ހަމަ އޮތްވަރު އިހުސާސް ވާނެ.

ޑރ ޖަމީލް

ދިވެހި ރާއްޖޭގެ އިގްތިސާދް ބިނާވެފައި އޮންނަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ވެފައި، ދުބާއި ފޯރަމްގައި ޓުއަރިޒަމް މިނިސްޓަރުގެ ބަހެއް ނީވުމުން ގިނަ ބައެއްގެ ފާޑު ކިއުންވަނީ ޓުއަރިޒަމް މިނިސްޓަރަށް އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved