

ހައްވާ ޔުމްނު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަދުލުވެރި ފިޔަވަޅެއް އެޅުނުތަނެއް ނުފެންނަ ކަމުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ ހަމައެކަނި އަނގައިން ބުނި ވާހަކައަކަށް، ދަރިކަލުންނަށް އިންސާފު ހޯދުމަށްޓަކައި މެޑަމް ސާޖިދާ މުހައްމަދު ކޯޓަށް ވަޑައިގަތް އިރު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައަކަށް އެއްވެސްވަރަކަށް ކަންބޮޑުވުން ރައީސްގެ އަމަލު ތަކުން ނުފެންނަ ކަމަށެވެ.
މިއަދު މިދައްކަނީ އެޓެމް ޓު މާޑާ އެއްގެ ވާހަކަ، އެކަމަކު އެކުއްޖާއަށް އިންސާފު ހޯދުމަށްޓަކައި އަޅުގަނޑަކަށް ނުފެނުނު އެހަންގާއެއް ނުވަތަ އެތާސްޓެއް ހުރިތަނެއް، އެބޭފުޅުންގެ، އެގޮތަށް އެ ޖަޒުބާތެއް ހުރި ތަނެއް އިނގޭތޯ. އަޅުގަނޑުމެންނަކަށް ނުފެނުނު ރައޫސުޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިކަމަށް ޓަކައި އަދުލުވެރި ގޮތަކަށް އެންމެ ފިޔަވަޅެއްވެސް އެޅުއްވި ތަނެއް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން..
ޔުމްނު ވެއްޓުނީ ފެންލައިޓުން ނޫން ކަން އެންމެ ފުރަތަމަ ދުވަހުވެސް ހުރިހާ ރައްޔިތުންނަށް އެނގޭއިރު، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިއަށް ވުރެ ބޮޑަށް މިމައްސަލައާއި ގުޅިގެން ތަހުޤީގަށް ބާރު އެޅެން ޖެހޭނެ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުން ބޭނުން ވަނީ އަދުލުވެރި ގޮތަކަށް މިމައްސަލަ ކުރިއަށް ގެން ދިޔުމަށް ކަމުގައިވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.