ޑރ ޖަމީލު އަދި ރައީސް ޔާމީން / ދަ އެޑިޝަން
ހަބަރު
ރައީސް ޔާމީންގެ މައްސަލައަށް ފުލުހުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ހެކި މިރޭ ޗެނަލް13 އިން ގެނެސްދެނީ!
Mariyam Isaadha
މަރިޔަމް އިސާދާ
09 މޭ 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމަނިކުފާނު ފްރޭމުކޮށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައަށް ފުލުހުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ހެކި މިރޭ ޗެނަލް13 އިން ގެނެސްދޭނެ ކަމަށް އެ ސްޓޭޝަނުން ހާމަކޮށްފިއެވެ.

ޗެނަލް13 އިން ހާމަކުރި ގޮތުގައި، ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމުގެ ހެކި އެ ސްޓޭޝަނަށް ލިބިފައިވާ ކަމަށާ މިރޭ 8 ގެ ޚަބަރުގައި އެކަމުގެ ހެކި އެ ސްޓޭޝަނުން އޮން އެއަރ ކުރާނެ ކަމަށެވެ. އެހެންކަމުން އެ ވަގުތަށް ހުރިހާ ބޭފުޅުންވެސް ތައްޔާރަށް ތިއްބެވުމަށް ވަނީ އެދިފައެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ހެކި މިރޭ ޗެނަލް13 އިން ގެނެސްދޭނެކަން ހާމަކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މިދިޔަ ސަރުކާރުން އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ ސަރުކާރުގެ ޕީޖީ ވެސް ގެންދަވަނީ ރައީސް ޔާމީންގެ މައްޗަށް ހަމަ އެ މައްސަލަތަކުގައި ދައުވާތައް ކުރިއަށް ގެންދަވަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved