theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
ޕާކިސްތާން އެއާފޯސްގެ ހުރިހާ އެސެޓެއް ހުރީ ރައްކާތެރިކޮށް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
10 މޭ 2025
މާލެ ސިޓީ

އިންޑިއާ އިން ޕާކިސްތާނުގެ އެތެރޭގެ ތިން ވައިގެ މަރުކަޒަކަށް މިސައިލް ހަމަލަ ދޭން މަސައްކަތް ކުރި ނަމަވެސް ޕާކިސްތާނުގެ ވައިގެ ސިފައިންގެ ހުރިހާ އެސެޓެއް ރައްކާތެރި ކޮށް ހުރި ކަމުގެ ޔަގީންކަން ޕާކިސްތނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ޑިރެކްޓަރު ޖެނެރަލް އިންޓަ ސާވިސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު)ގެ ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި އިންޑިއާއިން ވައިގެ މަގުން ބިމަށް ފޮނުވާލި މިސައިލްތައް އަމާޒުކޮށްފައިވަނީ ޕާކިސްތާން ގެ އެއަރ ފޯސްގެ ނޫރު ޚާން ބޭސް (ރަވަލްޕިންޑީ) އާއި މުރީދުބޭސް (ޗަކްވާލް) އަދި ޝޯރކޯޓް އެއާބޭސް އަށް ކަމަށެވެ.

މާތްﷲ ގެ ރަހުމަތުން ޕީއޭއެފްގެ ހުރިހާ މުދަލެއް ރައްކާތެރި،

- އަހުމަދު ޝަރީފް ޗައުދަރީ

އޭނާ އިންޑިއާއަށް އިންޒާރު ދެއްވީ މިހާރު ހަމައެކަނި އަހަރެމެންގެ ޖަވާބަށް މަޑުކޮށްލައްވާ ކަމަށް ވިދާޅުވެ އެވެ.

ޑީޖީ އައިއެސްޕީއާރު އިން ބުނީ އަފްޣާނިސްތާނަށް ވެސް އިންޑިއާއިން މިސައިލާއި ޑްރޯނުން ހަމަލޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ކިބުރުވެރިކަމާއެކު އެ ސަރަހައްދު ދަނީ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލަމުންނެވެ.

ޕާކިސްތާނަކަށް މިކަމުން އަސަރެއް ނުކުރާނެކަމަށާއި އަދި ފުރިހަމަ ބާރެއްގައި ހަނގުރާމަ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވެސް މިއަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި ފެށި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ވަނީ ރޭ އިންޑިއާ އަށް ވަރުގަދަ ހަމަލާތަކެއްދީ އިންޑިއާ ސިއްސުވާލާފަ އެވެ.

ހަނގުރާމަމަތީ ޖެޓުތަކާއި މިސައިލާއި ޑްރޯން އަދި އާޓިލަރީ ފަދަ ހަތިޔާރުން ދެމުންދާ ހަމަލާތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެ ހަމަލާތަކުގައި އިންޑިއާ އާއި ޕާކިސްތާނުން އާންމުންގެ 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުއިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved