March 22, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

މި ސަރުކާރުން ބޭނުން ވީ ރައީސް ޔާމީންއަށް ކެހި ދޭން: ޑރ ޖަމީލް

Fathmath Reem
ފާތުމަތު ރީމް
Feb 18, 2024, 06:33 PM

މަ ސަރުކާރުން މީގެ ކުރިންވެސް ބޭނުންވީ ރައީސް ޔާމީން އަށް ކެހި ދޭން ކަަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ގެނަސްދޭ ވީކެންޑް ވިތް ޑރ ޖަމީލް ގައި ވާހަކަ ދައްކަވަމުނެވެ.

ރައްޔިތުން ގާތު ޑރ މުއިއްޒުއާ އެބޭފުޅާގެ ޓީމުން ދެއްކި ވާހަކަތައް ދެއްކުމުގެ މައިގަނދު މަގުސަދަކީ ވެސް ވެރިކަން ހޯދުން ކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.

ޑރ ޖަމީލް ވިދާޅުވީ އެބޭފުޅުން ބޭނުންވީ ރައީސް ޔާމީން އަށް ކެހި ދޭން ކަމަށާައި މިއީ ދުރާލާ ރަވާައިގެން އެބޭފުޅުން ކުރި ކަމެއް ކަމަށެވެ.

މި ހުރިހާ ކަމެއް ހަމައެކަނި މި ކުރީ ވެރިކަން ހޯދުމަށްޓަކައި. ދެން އޭގެ ފަހުގައި މިހާރު ހަމަ ވަރަށް ސާފުކޮށް މި ބުނެދޭ ވާހަކައަކީ އެބޭފުޅުން ބޭނުންވީ ރައީސް ޔާމީންއަށް ކެހިދޭންށޭ. ދުރާލާ ރާވައިގެން ހިންގި ކަމެއްމީ.

ޑރ ޖަމީލް

މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ އަބްދުއްރަހީމް ގެ އިތުރުން އަދިވެސް ލިޑާރޝިޕް ގަ ތިއްބެވި އެހެން ބޭބޭފުޅުން ވަނީ ވަރަށް މަކަރުވެރި، އަނިޔާވެރި އަދި ނޭންގާނީ ރޭވުންތަކެއް ރާވާފައި ކަމަށެވެ.

މި ސަރުކާރުން ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ނިޔަތެއް ނުގެން ގުޅުއްވާކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލް ވަނީ ހައިކޯޓުން ރައީސް ޔާމީން ގެ އިސްތިއުނާފް މައްސަލަ ލަސްނުވާކަމަށް ވިދާޅުވަމުން އަންނާތީ އެކަމާ ގުޅިގެެން ވެސް ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved