ބްރޯޑްކޮމްއަށް 6 މީހެއްގެ ނަން ފޮނުވި ރައީސްގެ ލިސްޓުގެ ކުރީގައި ޒަމްއަތު / އިސްލާމިކް މިނިސްޓްރީ
ހަބަރު
ބްރޯޑުކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވަން 6 ނަމެއް މަޖިލީހަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 މޭ 2025
މާލެ ސިޓީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދަން ރައީސް ހުށައަޅުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމް މެންބަރުކަމަށް އެމަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.

ރައީސް މުއިއްޒު ވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ ނަންތަކަކީ:

  • ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ

  • އިބްރާހީމް އަޝްރަފް/ ވ. މަށަވެލި

  • މޫސާ ރިޟްވާން/ މ. ހާވިލާ

  • ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ

  • އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު

  • ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ

މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް މިއަދުގެ ވަނީ ފޮނުވާފަ އެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި، ސޮފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ. އޭގެ ތެރެއިން ރައީސަކީ ސޮފާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved