April 17, 2026
Advertisement
ޕީއެންއެފް ޖަލްސާގެތެރެއިން މަލީހް
ޕީއެންއެފް ޖަލްސާގެތެރެއިން މަލީހް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

އެސްޓޯނިއާ އިންވިޓޭޝަން ވެސް ރައީސް މުއިއްޒުވަނީ އޮޅުވާލައިފައި: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 12, 2025, 10:37 PM
މާލެ ސިޓީ

އެސްޓޯނިއާ އިންވިޓޭޝަން ވެސް ރައިސް ޑރ. މުހައްމަދު މުއިއްޒުވަނީ އޮޅުވާލައިފައިކަމުގައި ކުރީގެ ޔޫތް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، އެސްޓޯނިޔާ އިންވިޓޭޝަނަކީ އެބޭފުޅުންގެ ހިދުމަތްތައް ޤައުމުތަކަށް ވިއްކުމަށްޓަކައި އަންނަ އިންވިޓޭޝަން އެކަމަށެވެ. މި އިންވިޓޭޝަންއަކީ 2019 ވަނަ އަހަރު ޖަނަވަރީ މަހު ދަތުރު ކުރުމަށްޓަކައި ސެޕްޓެންބަރު މަހު ޑރ ޖަމީލަށް ލިބިފައިވާ އިންވިޓޭޝަނެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެ އިންވިޓޭޝަންއަކީ އެކި ގައުމުތަކުގެ އިސް ވެރިންނަށް އެސްޓޯނިޔާގެ ކޭސް ސްޓަޑީ ކުރުމަށް ދެވޭ އިންވިޓޭޝަނެއް ކަމަށެވެ. އަދި މިއިންވިޓޭޝަނަކީ ކޮންމެހެން ރައޖުމުހުރިއްޔާ ފޮށި ބަދެގެން ދާންޖެހޭ ދަތުރެއް ނޫން ކަމަށެޥެ.

ކޮންމެހެން ރައިސުލް ޖުމުހުރިއްޔާ ފޮށި ތަންމަތި ބަދެގެން ވަޑައިގަންނަވާ ކަހަލަ ދަތުރެއްނޫން މިދަތުރަކީމީ، އެޤައުމެއްގެ ޓެކްނޮލޮޖީއާއި ގުޅުންހުރި ފަރާތްތަކުން، ރާއްޖޭގެ ވެއްޖިއްޔާ އެންސީއައިޓީ ނޫނިއްޔާ އެކަމާގުޅުންހުރި ކޮންމެވެސް މިނިސްޓްރީގެ ބޭފުޅަކު ވަޑައިގެން، އެބޭފުޅުން ކޮންކޮން ހިދުމަތްތަކެއްތޯ އޮން ލައިން ކޮށްދެނީ ބެއްލެވީމަ ރަނގަޅުވާނެ

މަލީހު

ރައީސް މުއިއްޒުއަކީ ޑިޖިޓަލް މީހެއް ނޫންކަމަށާ އެބޭފުޅާ މޭޔަރުކަން ކުރެއްވިއިރު ވަރަށް ރަނގަޅަށް އެނގިލައްވާ ކަމުގައި މަލީހު ވަނީ ވިދާޅުވެފައެެވެ.

ގައުމެއް ޑިޖިޓަލް ކުރާނަމަ ނުވަތަ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ހިދުމަތް ދޭނަމަ އެންމެ ފުރަތަމަ ބެލެން ޖެހޭނީ ޑޭޓާގެ ޕްރޮޓެކްޝަންކަން މަލީހު ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒު ރާއްޖެ ޑިޖިޓަލް ކުރަން ބޭނުންވާ ސަބަބާކީ ކޮރަޕްޝަން ނައްތާލުން ކަމުގައި ބުނި ނަމަވެސް މޭޒު ދަށުން އެހިންގާ ކޮރޮޕްޝަންގެ އަމަލެއް ނުހުއްޓުވޭނެ ކަމުގައި މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved