April 18, 2026
Advertisement
ޑިއާ އަލް ކަހްލޫތު- ފޮޓޯ: ދަ ނިއު އަރަބް
ޑިއާ އަލް ކަހްލޫތު- ފޮޓޯ: ދަ ނިއު އަރަބް

ބަންދުކޮށްގެން ގެންގުޅުނު ފަލަސްތީނުގެ ނޫސްވެރިއަކު ދޫކޮށްލައިފި

Faina Faiz
ފައިނާ ފާއިޒް
Jan 9, 2024, 11:52 PM

ފަލަސްތީނުގެ ނިއުސް އައުޓްލެޓް، އަލް އަރަބީ އަލް ޖަދީދުގެ ޣައްޒާގެ މުވައްޒަފެއް ކަމަށްވާ ޑިއާ އަލް ކަހުލޫތު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ހާމަކޮށްފައިއެވެ.

Advertisement

ޑިއާ އަލް ކަހުލޫތަކީ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ އުތުރުގެ ބެއިޓް ލަހިޔާއިން އިސްރާއީލު ސިފައިން ރަހީނު ކުރި މީހުންގެ ތެރެއިން މީހެކެވެ.

އެ ނޫސް އައުޓްލެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ކަހުލޫތު ދޫކޮށްލީ ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޮމް) ބޯޑަރު ހުރަސްކޮށް، ސިއްހީ ޗެކަކަށް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ކުރިން ޣައްޒާގައި ހުންނަ އދ. ގެ ކޭމްޕެއްގައި މަޑުކުރުމަށް ފަހުގައިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 23،000 ރައްޔިތެއް ޝަހީދުވެފައިވާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved