March 19, 2026
Advertisement
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް / -

2007 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުނަށް ދުންފަތް މަނާ ބިލެއް ފާސްކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 14, 2025, 12:28 AM
މާލެ ސިޓީ

ރައްޔިތުން ގެ މަޖިލީހުން މިއަދުވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވާ މީހުނަށް ދުންފަތް މަނާ ބިލެއް ވަނީ ފާސްކޮށްފިއެވެ.

Advertisement

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި 63 މެންބަރުންގެ ވޯޓަކާއި އެކު ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މި ބިލުގައި ބުނެފައި ވަނީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކޮއްގެން ނުވާނެކަމަށެވެ. އަދި އެއްވެސް ތަނަކުންވެސް އެ މީހުނަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ. އަދި މިއިސްލާހުގައި ބުނެފައި ވާގޮތުގައި ކާކުކަން ނޭގޭނެހެން އޮންލައިން ކޮށާއި ޕޯސްޓް މެދުވެރިކޮށް އަދި ވެންޑިން މެޝިށިނުން ވެސްދުންފަތާއި ބެހޭއެއްވެސް އެއްޗެއް ވިއްކައި ގެން ނުވާނެ ކަމަށެވެ.

2007 ވަނަ އަހަރަށް ފަހު އުފަން ވެފައިވާ އެއްވެސް ފަރާތަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި ވިއްކުން މަނާވާނެއެވެ. އެހެންކަމުން ދުންފަތް ވިއްކާ ފަރާތްތަކަށް ގަންނަމީހާގެ އުމުރު ކަށަވަރު ކުރުމަކީ ވިއްކާފަރާތުގެ ޒިންމާއެއް ކަމަުގައި ވެސް ވަނީ ބުނެފަެވެ.

ދުންފަތުގެ ބާވައްތައް ގަންނަން އަންނަފަރާތުގެ އުމުރު ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެނޫންވެސް އުމުރު ކަށަވަރު ވާނޭފަދަ ލިއުމަކުން ޔަޤީން ކުރަން ޤާނޫނު ވަނީ ލާޒިމް ކޮއްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved