ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާވަނީ ހިއްސާކޮށްފައި - / އެމްޑީޕީ
ހަބަރު, ސިޔާސީ
ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާ ހިއްސާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 މޭ 2025
މާލެ ސިޓީ

ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައުލޫމާތު ޔޫރަޕިއަން ޕާލަމެންޓާ އިދިކޮޅު އެމްޑީޕީން ހިއްސާކޮށްފި އެވެ.

ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ މިއަދު އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި އިޖުރާއީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ އެކި މަރުހަލާތަކުގައި ފާޑު ކިޔައިފައިވާ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދު އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މި ބައްލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރ އަދި އަދި އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި، ހެންވޭރު ދެކުުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތު ވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ވަފުދާ ހިއްސާކުރެއްވި އެވެ


ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved