theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިލެކްޝަން ކޮމިޝަން / ސޯޝަލް މީޑިއާ
ހަބަރު
ވޯޓުފޮށިތަކުގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
18 ފެބްރުއަރީ 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރީ އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން، ސަރުކާރު ގެޒެޓުގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ  ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް ގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި، އޭގެ އިތުރުން (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް އީސީން ބުންޏެވެ.

އީސީއިން ބުނީ، ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމެއް ފުރައިގެން ކަމަށެވެ. އެ ފޯމު، އެ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި ފޯމު ދޫކުރުމާއި ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައި ނަމަ އިންތިހާބާ ބެހޭ މަރުކަޒުންނެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބުގައި 284،337 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވެ އެވެ. އެ ލިސްޓަށް ޝަކުވާއަށް ހުޅުވައިލުމުން 746 ޝަކުވާ ހުށަހަޅާފައިވެއެވެ.

މިހާރު އީސީ އިން ކުރަމުން ދަނީ އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، މަންދޫބުންނަށް ވުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?