April 18, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ބަލިކަށި ޖުޑިޝަރީއެއް އޮތުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
May 16, 2025, 03:46 AM

ބަލިކަށި ޖުޑިޝަރީއެއް އޮތުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިންސާފު ހޯދުމަށް ދާން ޖެހެނީ ރާއްޖޭގެ ކޯޓުތަކަށްކަމަށް މަލީހު ވިދާޅުވިއެވެ. އެގޮތުން އާންމު ރައްޔިތުންނާއި އިންވެސްޓަރުންވެސް ދާން ޖެހެނީ ހަމަ އެ ކޯޓުތަކަށްކަން މަލީހު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މިއަދު ޝަރުއީ ދާޢިރާގެ ވާހަކަ ދައްކަން ޖެހެނީ އެއީ މުހިންމު ކަމަކަށް ވުމުންކަމަށް މަލީހު ވިދާޅުވިއެވެ.

އާންމު ރައްޔިތުން މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުން، އެ މައްސަލަ ކޯޓު ރޫމަށް ވަންނަތަނުން ފަނޑިޔާރު މައްސަލަ ކެންސަލްކޮއްލާ ކުދި ކުދި މައްސަލަތަކުގައި އެތައް ޒަމާނެއްވަންދެން ދިގު ދައްމާކަމަށް މަލީހު ވިދާޅުވިއެވެ.

އަދި ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިސް ޑިނައީޑް އޭ އޮންނަ ފަދައިން އިންސާފު ކޮބައިތޯވަނީ ސުވާލު އުފައްދާފައެވެ.

ޖުޑީޝަރީގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހަދައިފިކަން ސާބިތުވޭ. ދިވެހި ރައްޔިތުން އެކަން ގަބޫލު ކުރޭ. ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ މިކަންކަން ބަލަހައްޓާ ޖަމިއްޔާތަކުން އެބަ ބުނޭ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށޭ. އެއާއި ގުޅިގެން ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލިގެންދަނީ.

މަލީހު

އިންވެސްޓަރ ކޮންފިޑެންސް ގެއްލުމުގެ ސަބަބުން ރާއްޖެއަށް ލޯނުތައް ނެގުމަށާއި އިތުރު ކަންކަން ކުރުމަށް ގިނަ ފިއްތުންތަކެއް ކުރިމަތިވާކަމަށް މަލީހު ވިދާޅުވިއެވެ.

މިއަދު ރާއްޖެއަށް އުޅެނީ ފައިސާ ނުލިބިގެންކަމާއި އެއީ ރައްޔިތުން ކަންބޮޑުވާން ޖެހޭފަދަ ކަމެއްކަމަށް މަލީހު ވިދާޅުވިއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved