April 6, 2026
Advertisement
-
- / ރައީސް އޮފިސް

މިހާރު އޮތީ ޕަޕެޓް އިލެކްޝަން ކޮމިޝަނެއް، މިނިވަނެއް ނުވާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 17, 2026, 08:03 PM
މާލެ ސިޓީ

މިހާރު ރާއްޖޭގައި އޮތީ ސަރުކާރުގެ ޕަޕެޓު އިލެކްޝަން ކޮމިޝަނެއް ކަަމަށާ އެއީ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި މިހާރު ނުވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމުގެ މައި ދެ އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ބަލަން، އެޕްރިލް ހަތަރު ވަނަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ނިންމާފައިވާ ވުމަށް އިޝާރާތްކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހު ވަނީ ރިފަރެންޑަމް އަދި ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގެ މަންދޫބަކާއި ރައްޔިތުންގެ ތެރެއިން މަންދޫބަކު ހިމެނޭހެން އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުވާންޖެހޭ ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.

މިހާރު އޮތީ ޕަޕެޓް ކޮމިޝަނެއް ކަމަށާ އެ ކޮމިޝަންގެ މިނިވަން މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ ތުހުމަތުވެސް މަލީހު ވަނީ އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved