April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މާލެ ސިޓީ ކައުންސިލްގެ "ފަސާދަ" ނިމުމަކަށް ގެނެވޭނީ ޒަރިޔަންދަށް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 12, 2026, 05:17 PM
މާލެ ސިޓީ

މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ދިގުލައިގޮސްފައިވާ މައްސަލަތަކާއި ފަސާދަ ނިމުމަކަށް ގެނެސް، އެ އިދާރާ "ފޮޅާ ސާފުކުރެވޭނީ" ކުރިއަށް އޮތް އިލެކްޝަންގައި ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދަށް ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ހިންގުން މިހާރު އޮތް ގޮތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ނުލިބެއެވެ. އަދި ކައުންސިލްގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ނައްތާލުމަށް ޒަރިޔަންދު ފަދަ ތަޖުރިބާކާރު ބޭފުޅަކު އިންތިޚާބު ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މަލީހްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުން އެދޭ ފަދަ ޒަމާނީ ހިންގުމުގެ ނިޒާމެއް މާލެ ސިޓީ ކައުންސިލްގައި ގާއިމުކުރެވޭނީ ޒަރިޔަންދަށް ކަމަށެވެ. އެގޮތުން، ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ޒަރިޔަންދުގެ ކިބައިގައި ހުރިކަން ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު، ޒަރިޔަންދަކީ މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ކުރިން ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރު ކަމުގެ ދައުރުގައި ގިނަ ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މި އިންތިޚާބަކީ މާލޭގެ ތަރައްޤީއަށާއި ކައުންސިލްގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved