
މި ރަމަޝަން މަހު އެންމެ ގިނައިން ދުއާ ކުރަންވީ މި ސަރުކާރު ތެރޭގައި އާންމުވެފައިވާ ކޮރަޕްޝަން ކުޑަ ކުރެވޭތޯ ކަމަށް ޕީއެންެއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ތެރޭ އާންމުވެފައިވާ ކޮރަޕްޝަންގެ ވަބާ ކުޑަ ކުރެވޭތޯ މި ރަމަޟާން މަހު ވީހާ ގިނައިން ދުޢާ ކުރަން ފެންނަ ކަމަށެވެ. އަދި ޤައުމުގެ ހުރިހާ ގޯހެއް ގޮސް ގުޅެނީ ސަރުކާރުގެ ކޮރަޕްޝަނާކަން ފާހަގަކުރައްވާ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ އެކަމުގައި ހައްދުންމަތީ އޮތް ސަރުކާރެއް ކަމަށެވެ.
މި ސަރުކާރުގައި ކޮރަޕްޝަން ހިންގުމަށް ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދޭނެ ކަމަށް ބުނެ އައިސް ކޮރަޕްޝަން މެކުހަށް ޖެއްސި ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.










