May 3, 2026
Advertisement
ރައީސް ޔާމީން އަދި ޑރ. ޖަމީލު ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާއެއްގައި
ރައީސް ޔާމީން އަދި ޑރ. ޖަމީލު ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާއެއްގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

މިއަދު ރައީސް ޔާމީނަށް އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 18, 2024, 09:31 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ފެށި މަސައްކަތަކީ ސާބިތު ކަމާއިއެކު ފެށ|ި އިހްލާސްތެރި މަސައްކަތެއް ކަމަށާއި އެހެންކަމުން އެކަމަށް ޝައްކުކޮށްގެން ނުވާނެ ކަމަށެވެ.

މިހާރު ހުރި ހިސާބަށް އާދެވުނީ ރައީސް ޔާމީންގެ މަތިވެރި ގުރުބާނީން ކަމަށާއި އެމަނިކުފާނުގެ އިސްތިއުނާފު މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ. އަބަދު މިވެރިކަމެއް އަދި މިޙާލަތުވެސް ނޯންނާނެ. މިއަދު ރައީސް ޔާމީނަށް އަނިޔާ ކުރާ ބަޔަކަށް ތާއީދެއް ނޯންނާނެ. މިސަރުކާރުގެ އަނިޔާވެރިކަމަށް ބޯލަނބާނެ ގޮތެއް ނޯންނާނެ. ހުސްގޮނޑި، އެވައުދުތައް ހަނދާން ކޮށްދޭނަން" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް އިންސާފު ނުދީ ލަސްކުރަމުން ގެންދާއިރު އެކަމާ ގުޅިގެން ޑރ. ޖަމީލް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެކްސްގައި ދާދި ފަހުން ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ވެރިޔެއްގެ އެންމެ އަސާސީ ސިފައަކީ އިތުބާރު ކަމަށާއި ރައީސް މުއިއްޒު ވައުދުވާން ވަރަށް ފަރިތަ ކަމަށެވެ. ހަމައެއާއެކު އެވައުދު ހަނދާނުން ފޮހެލަންވެސް ފަރިތަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ވީ ވަޢުދަކީ ރައީސް ޔާމީން މިނިވަންކުރުން ކަމަށާއި އެވައުދު ވެސް ގެއްލިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved