theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސާ ރިލްވާން. - / ފޭސްބުކް
ހަބަރު
ރިޟްވާން ބްރޮޑްކޮމްއަށް އައްޔަންކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
16 މޭ 2025
މާލެ ސިޓީ

ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް މ. ހާވިލާ، މޫސާ ރިލްވާން މިއަދު އައްޔަނުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޟްވާން އެ ކޮމިޝަނަށް އައްޔަންކުރުމުން ބްރޯޑްކޮމްގެ ހަތް މެންބަރުންގެ ކޮމިޝަން މިހާރު ވަނީ ފުރިހަމަވެފައެވެ.

ރައީސް މުހައްމަދު މުއިއްޒު މި މަގާމަށް ރިލްވާން އައްޔަނުކުރެއްވީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުންނެވެ.

އެގޮތުން މޫސާ ރިލްވާން މި މަގާމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުން މި ނިންމުން ފާސްކޮށްފައިވެއެވެ.

ރިޟްވާން ކޮމިޝަނަށް އައްޔަންކުރި ނަމަވެސް އޭނާއަކީ ބްރޮޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުު ފަރާތްނޫންކަން ފާހަގަކޮށްލެވެއެވެ. ރިޟްވާންއަކީ ފަސް ވަނައަށް އެންމެ މަތިން މާކްސް ލިބުނު ބޭފުޅާއެވެ.

ރިޟްވާން ހުންނެވީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved