

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ފައިދާ ދަށްވެއްޖެ އެވެ.
އެސްޓީއޯއިން މިދިޔަ މަހު އާންމުކުރި އެ ކުންފުނީގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، އޭގެ ކުރީ އަހަރާ ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަަށެވެ.
ކުންފުނީގެ 2024 ވަނަ އަހަރުގެ ފައިސާ ދަށްވި ނަމަވެސް ހިއްސާދާރުންގެ ފައިދާ އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ އާމްދަނީ ދަށްވެ ދައުލަތުން ކުންފުނިތަކަށް ކުރަން ޖެހޭ ހޭދަ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުން ނެވެ. އަދި ސަރުކާރުގެ ގެއްލުން ބޮޑު ބޭނުމެއް ނެތް ކުންފުނިތަކުގެ ސަބަބުން ދައުލަތައް ލިބޭ ގެއްލުން ކުޑަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ބުނަމުން ނެވެ.