March 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މޭޔަރަކަށް އަންނަން ވެސް ރައީސް މުއިއްޒު ރައްޔިތުންގެ ބޮލަށް ޖެހީ ޗިޕު: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 18, 2025, 09:42 PM
މާލެ ސިޓީ

މޭޔަރަކަށް އަންނަން ވެސް ރައިސް މުއިއްޒު ރައްޔިތުންގެ ބޮލަށް ޖެހީ ޗިޕު ކަމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަސް އަހަރު މޭޔަރު ކަން ކޮށްފައި ދިޔަ އިރުވެސް ރައިސް މުއިޒްޒުއަށް ރައްޔިތުން ނަށްޓަކައި ކޮއްދެވުނު އެއްވެސްކަމެއް ނެތް ކަމުގައެވެ.

މާލޭގެ މޭޔަރަކަށް އަމުމަށް ޓަކައި ކުލަނެތް އެތައް މަންޒަރު ތަކެއް ރައްޔިތުންނައް ދައްކައިފައި ވީއިރު، އެމްމެ ކުޑަމިނުން ބިންގަލެއް އެޅުމަށް ޓަކައި ގާކޮޅެއްވެސް ބާއްވާފައި ނުވާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައިސް ކަމަށް އަންނަން ވެގެން އެބުނީ ދެއްތޯ! ތިމަންނަ ހަނދާން އެބަހުރެއޭ އަދި ފަހުން ތިމަންނަ ބައްދަލުކުރަން ޖެހޭނެ އޭ އެހެންވީ މަ ތިމަންނަ މީ ވައުދެއްވެއްޖިއްޔާ ވައުދު ފުއްދާނެ މީހެކޭ، އެހެން މީހުން ހެނެއް ނޫނޭ އިނގޭތޯ! މޭޔަރަކަށް އައިސް ދެއްކިވާހަކަ އޭރު ހަނދާނެއް ނެތޭފަސް އަހަރު މޭޔަރުކަން ކޮއްފަ ފައިބާފަ ރައިސް ކަމަށް ކުރިމަތި ލައިގެން ދެއްކީ މިވާހަކަ..

ރައީސް ޔާމިން

ދީނީ ސާލުލައިގެން ދީނީ ފޭލި އަނދެގެން ރައްޔިތުން ގެ ކުރިމަތީ ހުރި ސްކޭމަރެއް ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒުގެ ރައީސް ކަމުގެ މި ފަސް އަހަރަކީވެސް ހަމަ ކުލަ ނެތް ފަސް އަހަރުކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަ ކަމުގައި ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved