

ހުޅުމާލޭގެ ފަޅު ބޭނުންކުރުމުގައި ދަތިތަކެއް ދިމާވާތީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި މުޒާހަރާއެއް މިއަދުވަނީ ކޮއްފައެވެ.
މިއަދު ހެދުނު ހުޅުމާލޭގައި މުޒާހަރާކުރަން ފެށީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފެރީ ޓާމިނަލް އާއި އެފްއެސްއެމް ޝެޑާއި ދެމެދުގެ ޖެޓީ ބަންދުކުރުމާ ގުޅިގެންނެވެ. އެކަން ކުރީ އެސަރަހައްދުގައި ވާ އޮޑިވެރިންނާއި މަޝްވަރާނުކޮށް ކަމުގަިވެސް ވަނީ މައުލޫމާތު ލިބިފައިވެއެވެ.
ކަންނެލި ޖެޓީއަށް ބަނދަރެއް އޮވެފަ، ވެލި ނަގާ މީހުންނަށް ބަނދަރެއް އޮވެފައި، މުދާ ދޯނިތަކަށް ބަނދަރެއް ނެތުން އެއީ ވަރަށްވެސް ހިތާމަހުރި ކަމެއް ކަމުގައި މުޒާހަރާގެ ބައިވެރިން ޗެނަލް13 އަށް މައުލޫމާތު ދީފައިވެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ބަންދުކޮށް ދޯނިފަހަރު ގާތްކުުރުން މަނާކުރި ކަމަށާއި ނަމަވެސް މުޒާހަރާ ކުރަން ފެށުމުން އެޗްޑީސީގެ މުވައްޒަފުން ވަނީ އެ ސަރަހައްދަށް ގޮސް އޮޑިވެރިންނާ މަޝްވަރާކޮށް ވަގުތީ ހައްލެއް ހޯދައި ދީފައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ހުޅުމާލެ ފަޅު ބޭނުންކުރުމުގައި އޮޑިވެރިންނަށް ދިމާވާ ދަތިތަކާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.