March 17, 2026
Advertisement
ޑރ ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް.
ޑރ ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް. / ސޯޝަލް މީޑިއާ

ރޯގާ އާ ހުން ފެތުރެނީ، ބަލި ނަމަ ކުދިން ސްކޫލަށް ނުފޮނުވަން އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
May 19, 2025, 12:27 AM
މާލެ ސިޓީ

މި ދުވަސްވަރު އާދަޔާ ހިލާފަށް ހުމާ ރޯގާ އިތުރުވަމުންދާތީ ކިޔަވާ ކުދިން ބަލި ނަމަ ސްކޫލަށް ނުފޮނުވަން އެދިއްޖެއެވެ.

Advertisement

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގައި ރޯގާ އާއި ހުން ފެތުރެމުންދާ ކަމަށާ އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

އެގޮތުން ގިނަގިނައިން އަތްދޮވުމަށާ ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ނިވާކުރުމުގެ އިތުުރުން ބަލިވެ އުޅޭ ނަމަ ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

މީގެ އިތުރުން ބަލި ކުދިން މި ދުވަސްވަރު ސްކޫލަށް ނުފޮނުވުމަށް ވެސް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.

ޑރ. ފައިސަލް ވަނީ ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސްވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށްވެސް އިރުޝާދު ދެއްވާފައެވެ. އަދި މިފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ޑރ ވިދާޅުވީ ހާއްސަކޮށް ކުޑަކުދިންނާއި ދުވަސްވީ މީހުން މިފަދަ ބަލިތަކުން ރައްކާތެރިކުރުމަށް އެންމެން ސަމާލުކަން ދޭންވާނެ ކަމަށެވެ.

މި ދުވަސްވަރު ދެ މޫސުން ބެދޭ ދުވަސްވަރުކަމުން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބަލި މަޑުކަން ފެތުރުން އިތުރުވުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް ސިއްހީ މާހިރުން އިރުޝާދުު ދެއްވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved