

ޤާނޫނު އަސާސީ މިހާ ހިސާބަށް ދިޔައިރު މުހިއްމު ޤާނޫނުތަކެއް ހުރީ ނުހެދި ކަމުގައި ރައިސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން އަމަލުކުރާނޭ އެއްވެސް ކަހަލަ ޤާނޫނެއް ޤަވާއިދެއް ނެތް ކަމަށެވެ.
ޖުޑީޝަރީގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭނީ ކިހާވަރެއް ވެގެންތޯ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ޤަވާއިދެއް އެކުލަވާލަފައި ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދެން އެހިސާބުން ހުރިހާ ކަމެއް މަޖިލީހަށް ހަވާލުކުރުމުން ފެނިގެން ދިޔައީ ކަންކަން ޚަރާބުގެ މަގުން ދަތުރުކުރި މަންޒަރު ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އަމަލުކުރާނެ އެއްވެސް ކަހަލަ ގައިޑް ލައިނެއް އެއްވެސް ތަނެއްގަ އެބައޮތް ތޯ؟ ނޯންނާނެ ޤަވާއިދެއްވެސް ނޯންނާނެ އިނގޭތޯ! ޖުޑީޝަލް ސާވިސް ކޮމިޝަނުގަވެސް އެކުލަވާލާފަ އޮތް ޤަވާއިދެއް ނޯވޭ ކިހާވަރަކަށް އިރެގިއުލަރ ވެގެން ތޯ ނޫނީ ކިހާވަރެއް ވެގެންތޯ ފަނޑިޔާރުން ވަކި ކުރާނީ ނުވަތަ ފަނޑިޔާރުން ސަސްޕެންޑް ކުރާނީ ފަނޑިޔާރުންނަށް އިދާރީ ޖޫރިމަނާކުރާނީ ފަނޑިޔާރުން ނަށް ނަސޭހަތްތެރިވާނީ..
ފަނޑިޔާރެއްގެ އަމަލާއި ދޭތެރޭ ހިންހަމަ ނުޖެހިއްޖެ ހާލަތެއްގައި އެ ފަނޑިޔާރެއް ވަކިކުރުން އެއީ ޤާނޫނީ ގޮތުން ހަމަ އެކަނި އޮތް ހައްލަކީތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދާފައެެވެ.
މިފަދަ މައްސަލަތައް ބަލާއިރު ކިހާވަރެއްގެ ކަމެއް ފަނޑިޔާރަކަށް ކުރެވުނީމައި ތޯ މެއިޖާ އޮފެންސްއެއް ކަމުގައި ބަލަން ޖެހޭނީ ޖުޑީޝަލް ކޮމިޝަނުން ބަލަން ޖެހޭނީ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.