April 18, 2026
Advertisement
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން މަލީހް
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން މަލީހް / ތޭރަ އޮންލައިން

އާންމު ރައްޔިތުން ވެސް މިއަދު މިތިބީ ވާނުވާ ބަންދުގައި: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 19, 2025, 10:02 PM
މާލެ ސިޓީ

އާންމު ރައްޔިތުން ވެސް މިއަދު މިތިބީ ވާނުވާ ބަންދުގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، އެކި އެކި މައްސަލަތަކުގައި ވާނުވާގައި ތިބީ ހަމައެކަނި ޒުވާނުން އެކަނި ނޫން ކަމަށެވެ. ގިނަ ދިވެހި ރައްޔިތުންވެސް މިއަދު ތިބީ ކޯޓުތަކުން ނިންމަންޖެހޭ އެކި ކަންތައްތައް ނުނިމި ވާނުވާގައި ކަމަށެވެ.

ޒުވާނުން ނާއި އެކި އެކި ފަރާތް ތަކެން ނޫނޭ ހަޤީގަތުގަ އިންސާފު ހޯދުމަށް ޓަކައި ވަކިން ހާއްސަ ގޮތެއްގަ މިދެންނެވި ވާރުތަ މުދާ ބެހުމުގެ ކަންތަކުގަ، މިކިޔަނި ބައްޕަގެ ގޯތި ކުދިންނަށް ބެހުމުގެ ކަންކަން، ދިގުލައިގެން ދާކަށް ނުޖެހެއޭ، ތިން ހަތަރު ފަސް އަހަރު، އެގްރިމެންޓެއްގެ ތެރެއިން ލިބެންޖެހޭ ފައިސާ ހޯދުމަށް ޓަކައި، ފަސް އަހަރު ހައަހަރު ދާކަށް ނުޖެހެއެ، ބެންކުގެ އެކިއެކި މުއާމަލާތް ތަކުގެ ތެެއިން ބެންކަށް އާމްމު ރައްޔިތުން ފަރާތުން ލިބެންޖެހޭ ފައިސާތަކުގެ މައްސަލަތައް އެހެރިީ ރާއްޖެގެ ކޯޓުތަކުގައި ބޮޑު ތަޅުއަޅުވާ ވާނުވާގަ ފަނަރަ އަހަރުވަންދެން..

މަލީހް

ރާއްޖޭގެ އެކި އެކި ކޯޓުތަކަށް ރައްޔިތުން ހުށަހަޅާ ވާރުތަ މުދާ މައްސަލަތައް ވާނުވާ ވެފައި އޮންނަން ޖެހޭ ސަބަބާއި މެދު ސުވާލު އުފެދޭ ކަމުގައި ވެސް މަލީހުވަނީ ވިދާޅުވެފައެވެ.

އެކިއެކި މައްސަލަ ތަކުގައި ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް އެމައްސަލާގައި ލިބޭ ހުކުމަށް ވުރެ ދިގު މުއްދަތަކަށް ވާނުވާ ބަންދެއްގައި ހުރުން އެއީ ބޭއިންސާފީ އަމަލެއް ކަމަށާއި، އަދި މިކަންތަކަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި މަލީހު ސިފަކުރައްވާފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved