ނޮޅިވަރަން ފަރުގައި މިއަދު ކުރިޔަށްދިޔަ އެއްވުމުގެ ތެރެއިން / ނޮޅިވަރަމް ކައުންސިލް
ހަބަރު
ހައުސިންގ ޔުނިޓުތައް ހަވާލުނުކޮށް ލަސްކުރާތީތީ ނޮޅިވަރަންފަރު ރައްޔިތުން އިހުތިޖާޖުކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
20 މޭ 2025
މާލެ ސިޓީ

ހދ. ނޮޅިވަރަންފަރުގައި ހުރި ހައުސިން ޔުނިޓްތަކެއްގެ މައްސަލާގައި ގުޅިގެން ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށްފިއެވެ.

ޗެނަލް 13އަށް މަޢުލޫމާތު ލިބުނު ގޮތުގައި ނޮޅިވަރަންފަރުގައި ޤާއިމް ކޮށްފައިވާ 160 ހައުސިންގ ޔުނިޓުގެ ތެރެއިން އަދި ރައްޔިތުންނާއި ހަވާލު ކޮށްފައިވަނީ އެންމެ 60 ޔުނިޓެވެ.

މި ހައުސިންގ ޔުމިޓް ތަކަށް 2 އަހަރު ވެފައި ވާއިރު ، ޕޮއިންޓް ދިނުމުގެ އުސުލަށް ބަދަލު ތަކެއް ގެނެސްފައި ވާތާ މިވީ 1 އަހަރެވެ. އެހެން ނަމަވެސް އެއުސޫލު ތައް އާމު ކޮއްފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓަކްޗާ އާއި އެކު ބައްދަލުވުމެއް ބޭއްވުމައްޓަކައި މިދިޔަ ހަފްތާގައި އެރަށު ކައުންސިލް އިން ވަނީ ދަންނަވާފައެވެ. ނަމަވެސް މި އެދިލެއްވުމަކަށް އެ މިނިސްޓްރީން ސަމާލުކަމެއް ދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ނަމަވެސް ރައްޔިތުން މިއަދު އެއްވެ ނުރުހުން ފާޅުކުރުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ ބައްދަލުވުމެއް ބޭއްވުާނެކަމުގައި ކަޝަވަރު ކޮށްދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved