April 4, 2026
Advertisement
މާލޭ
މާލޭ / އަވަސް

ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 5.35 އިން ސައްތައިގައި

Hussain Nawaf
ހުސައިން ނަވާފް
May 21, 2025, 10:46 PM

އިންފްލޭޝަން ރޭޓް ހުރީ 5.35 އިންސައްތައިގައިކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.

Advertisement

އެންބީއެސް އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހާއި އަޅާބަލާއިރު މި އަހަރުގެ މާޗުގައި އަގުތައް ވަނީ 5.35 އިންސައްތައަށް އުފުލިފައެވެ.

އަގުތައް އެންމެ ބޮޑަށް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ އާއި މަސް ހިމެނޭ އިރު ތަފާތު ކާނާ އިންނާ ފެހުމަށް ބޭނުން ކުރާ ތަކެތި ހިމެނެއެވެ.

އެގޮތުން މޭވާގެ އަގު 6 އިންސައްތައިން އިތުރު ވި އިރު މަހުގެ އަގުވަނީ 0.95 އިންސައްތައިން އިތުރުވެފައެވެ. އަދި ކެއުމަށް ބޭނުން ކުރާ ތަކެތީގެ އަގު 1.45 އިންސައްތައިން އިތުރު ވި އިރު ފެހުމަށް ބޭނުން ކުރާ ތަކެތީގެ އަގުތައްވަނީ 1.23 އިންސައްތައިން އިތުރުވެފައެވެ.

އަގުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ ކަރަންޓުގެ އަގުންނެވެ. މީގެ އިތުރުން މޮބައިލް މުވާސަލާތީ ހިދުމަތުގެ އިތުރުން އަގުވެސްވަނީ ދަށްވެފައެވެ.

ރަމަޟާން މަހު ޑިސްކައުންޓްގެ ސަބަބުން ކަރަންޓުގެ އަގު 19.90 އިންސައްތައިން ދަށްވި އިރު މޮބައިލް މުވާސަލާތީ ހިދުމަތުގެ އަގު ދަށްވެފައިވަނީ 2.12 އިންސައްތައިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved