theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހުޅުމާލޭ ފޭސް 2 / އެޑިޝަން.އެމްވީ
ހަބަރު
ހުޅުމާލެ އަކީ ހަމައެކަނި ރިޔަލް އެސްޓޭޓު އޮންނަ ތާކަށް ވާކަށެއް ނުޖެހޭ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
22 މޭ 2025
މާލެ ސިޓީ

ހުޅުމާލެއަކީ ހަމައެކަނި ރިޔަލް އެސްޓޭޓު އޮންނަ ތާކަށް ވާން ނުޖެހޭ ކަމުގައި މާލޭ ސިޓީކައުންސިލްގެ ކައުންސިލަރު މުހައްމަދު ސާއިފް ފާތިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ އަކީ ތޮއްޖެހިފައިވާ މާލޭ ގައި ދިމާވެފައިވާ ބޯދިޔާވަހިކަމުގެ ދަތިކަން ފިލުވުމަށްޓަކައި ދިވެހިރައްޔިތުން ނަށްޓަކައި ހިއްކާފައިވާ ބިމެކެވެ.

ހުޅުމާލެ އަކީ ދިވެހި ރައްޔިތުން ގެ ފައިސާއިން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށްޓަކައި ހިއްކާފައި އިން ބިމެންކަމުގައި އެބެފުޅާވަނީ ވިދާޅުވެފައެވެ. ހުޅުމާލެ އަކީ ރިޔަލްއެސްޓޭޓް ހެދުމަށާއި ބޮޑު އަގުދީގެން ވިއްކާ ލަގްޒަރީ އިމާރާތް ހަދައި ސެކަންޑް ހޯމް ހަދަން ހިއްކާފައި ވާ ބިމެއް ނޫން ކަމަށެވެ،

ޑރ.ހައިދަރުގެ ގެންނެވި ޕްލޭން އަށް ބަދަލު ތަކެއް ގެނެސް، ހައުސިން މިނިސްޓަރު އަމަލު ކުރައްވާފައިވާ ގޮތާއި ދޭތެރޭ ފާޑުކިޔަމުން އެ ބޭފުޅާ ވިދާާޅުވީ މިހާރު އެތަނުގެ ޕްލޭން ބަދަލުކޮށްފައި ވަނީ އެއްކަލަ ތޮއްޖެހިފައި އޮތް ރައްވެހިކަމުގެ ހިދުމަތް ނެތް ގޮތައް ށެވެ. އަދި މިގޮތައް ޕްލޭން ބަދަލު ކޮއްލި އިރަކު އެވެސް މީހެއްގެ އެއް އެންމެކުޑަމިނުން ސިޓީކައުންސިލް މެންބަރުންގެ ވެސް މަޝްވަރާއެއް ހޯދާފައި ނެއްކަމުގައި ސައިފް ވަނީ ބުނެފަ އެވެ.

މާލޭ ރައްޔިިތުން އައްޔަން ކޮއްފައި ވާ މާލެސިޓީ ކައުންސިލް މެންބަރުން ނުވަތަ އެކައުންސިލުގެ ހައުސިން ކޮމެޓީގެ ހިޔާލު މިފަދަ ނިންމުންތަކުގައި ހޯދަން ޖެހޭނެ ކަމުގައި ސައިފް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލް ޖުމްހުރިއްޔާ ފްލެޓް ލިސްޓް ރީއިވެލުއޭޓް ކޮށް ފްލެޓްތައް އިއުލާނު ކުރެއްވި އިރުވެސް ފުރުސަތު ދޭނެކަމަށް ބުނެ އެވެސް ވަރަކަށް އެބޭފުޅުންނާއި މަޝްވަރާ ނުކުރާ ކަމުގައި ވެސް އެބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މިސަރުކާރުގެ މިއަމަލުތަކުން ފެންނަނީ ސިޓީކައުންސިލް މެންބަރުންނާއި އަދި ސިޓީ ކައުންސިލަކީ އެއްވެސް ވަރަކަށް މުހިންމުބައެއް ކަމުގައި ނުބެލެވެ އެވެ.

ހައުސިން މިނިސްޓަރ ޕްލޭން ބަދަލު ކުރި އިރު އިނީ ރައްޔިތުންނަށް މަންފާވާނޭ ހެން އެންމެ ރަގަޅަކަށް ނޫން ކަމުގައި އާއި މި ޕްލޭންގެ ސަބަބުން ހުޅުމާލޭ ހިއްކުމުގެ ހަޤީގީ މަޤުސަދު ގެއްލެއެވެ. އެހެން ކަމުން މިއަދު މާލޭ ސިޓީކައުންސިލަށް އެއްޗެކޭނުބުނެ ދުލުގަ ދައި އަޅައިގެން ނުތިބެވޭނެ ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved