March 23, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި މިއަދު ފެންބޮޑުވެފައި.
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި މިއަދު ފެންބޮޑުވެފައި. / ދައުރު

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުން ރައްޔިތުންނަށް މާ ފަސޭހަ ވެގެން ދާނެ: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
May 23, 2025, 04:16 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުރެވޭ ފަދަ ކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުން ރައްޔިތުންނަށް މާ ފަސޭހަ ވެގެން ދާނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ އަކީ ހުރިހާ ދިވެހި ރައްޔިތުންގެ ރަށެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފަހުގެ ތާރީހުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ކޮޅިގަނޑުތަކުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަދެ ފަރުނީޗަރު ހަލާކުވެ ކެއްކޭނެ ގޮތް ނެތި ރައްްޔިތުން ތިބުން ކަމަށާ އަދި ދަތުރުފަތުރު ނުކުރެވިފައި ތިބުމަކީ ވެސް ރައްޔިތުން އެކަމުގެ ތެރެއިން އުފުލާ ތަކުލީފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރަކަށް އައިސް ކޮންމެ ފަހަރެއްގައި ބޯ ކޮޅިގަނޑެއްގައި ދިމާވަނީ މި މައްސަލަ. އެހެންވީމަ މިިވަރު ކަންކަން ކޮށްލަން މިހާރު ޕޯލްއެއް ނެގިއަސް އިނގޭތޯ ބުނާނެ މިކަންކަން ކޮށްލަބަލާށޭ. ރައްޔިތުންނަށް ފަސޭހަވާނޭ އިންގޭތޯ. މާލޭގެ މަގުތައް އެހެރީ ރަނގަޅު ފެންވަރަށް ހަދާފައި. އަދި އަމްދުން ދިމްޔާތު ކައިރި އެހެރީ ވަކިން ރަނގަޅު ފެންވަރަކަށް ހަދައިފައި. އެހެންވީމާ މި ދެންނެވީ ހިންގަވާބަލާށޭ އަޅުގަނޑުމެން އޮނަސްޓް އެސެސްމެންޓެއް ހަދަން. ކީއްކުރަންހޭ މި ބޭފުޅުން ކުރަން މިއުޅެނީ؟ އަބަދުވެސް ވާހަކަ ވިއްކައިގެން ނޫސްތައް ގަނެގެން. ވާހަކަ ވިއްކައިގެން އެބޭފުޅުން ގަބޫލު ކުރައްވަނީތޯ އެވަރުގެ ތާއީދެއް އޮތްކަމަށް؟ ހުރި މައްސަލަތައް ބަލާފައި އެ ކަންކަން ހައްލު ކުރަން މަސައްކަތް ކޮށްބަލަ.

ރައީސް ޔާމީން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑުގެ ދުވަސްވަރު ނޭވާ ހޮޅިން ވައްކަން ކުރި ވާހަކަ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ދައްކަނީ އަޑު ހަރުކޮށްކަމާއި ނަމަވެސް މިއަދު ސަރުކާރަށް އެ ވާހަކަ ދެއްކުމުގެ ޖާގަ ނެތްކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

މިއަދު މި ދައްކަނީ އާސަންދައިންނާއި އެންސްޕާއިން ވައްކަން ކުރާ ވާހަކަ ކަމާއި ރާއްޖެއިން ބޭސް ނުލިބޭ ވާހަކަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ނޭވާ ހޮޅިން ވައްކަން ކުރީ ހަމަ އެކަނި އެމްޑީޕީން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved