

1:34 : ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް ކުރި ސަރުކާރުން އެމަނިކުފާނާ ދެކޮޅަށް އުފުލު، ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުން ހުރި ޝަރީއަތުގެ އަޑު އެހުން ފެށިއްޖެއެވެ.
1:35 : މިއަދުގެ އަޑު އެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުން.
1:36 : އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދެނީ ގ. ކުރިކީލަ ވިލާ އަހުމަދު ކުރިކު ރިޒާ.
1:36 : ކުރިކުގެ ހެކި ބަސް ނެގުން: ފުއްގިރި ކިޔާ ރަށެއް އޮންނަ ކަން އެނގޭ. އެ ރަށުގެ ކޮންސަލްޓެންސީ މަސައްކަތްކުރިން. ސަނީ ކިޔާ މީހަކާ ގުޅިގެން. ރަށުގެ ފީސިބިލިޓީއާ ގުޅިގެން ޒިޔަތާ އެއް ފަހަރު ބައްދަލުކުރިން. އަދި އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހުރި ޒިޔަތުގެ ބޭބެ އިބްރާހިމު ޒިޔަތާ ބައްދަލުވި 2 ފަހަރެއްގެ މަތިން ރަށުގެ އިކިއުޒިޝަން ކޮސްޓު ކުޑަވެގެން ބޮޑު ކުރަން ކުރި މަސައްކަތުގެ ތެރެއިން. ދިން ޗެކާ ގުޅިގެން ޒިޔަތާ ސުވާލުކުރިން. ބުނީ އެހެން ޗެކު ދެވޭނެ ކަމަށް އެމްއެމްޕީއާރުސީގެ ތެރެއިން.
1:45 : ކުރިކުގެ ހެކި ބަސް ނެގުން: އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތާ ބައްދަލުކުރީ އެ އޮފީހުގައި. ދެ މޓިންއެއް ބޭއްވި. އެއް މީޓިންއަށް އަދީބު އިންނެވި. އަދީބު ވެސް ވިދާޅުވީ އިކުއިޒިޝަން ކޮސްޓު ބޮޑު ނުކުރެވޭނެ ކަމަށް.
1:49 : ކުރިކުގެ ހެކި ބަސް ނެގުން: ރައީސް ޔާމީން ދަންނަނީ ރައްޓެހި ރަހުމުތަތްެރިކަމުގެ ތެރެއިން. ވިޔަފާރީގެ މުއާމަލާތެއް ނުކުރަން ރައީސް ޔާމީންއަކާ.
2:11 : ކުރިކުގެ ހެކި ބަސް ނެގުން: ފުލުހެއްގެ ފަރާތުން ހުށަހެޅުމެއް އައިސްފައިވޭ.
2:12 : ކުރިކުގެ ހެކި ބަސް ނަގާ ނިންމާލައިފި.
2:14: ދިފާއީ ހެކި، އަބްދުﷲ ރަޝީދުގެ ހެކި ބަސް ނެގުން: ރައީސް ޔާމީން އަރިހު ވަރަށް ގިނަ ދުވަހު މަސައްކަތްކުރެވިފައި ހުރީމަ އެމަނިކުފާނު އެނގޭ. އެންމެ ފުރަތަމަ ބައްދަލުވީ ޕީއޭގެ ސިޔާސީ މަސައްކަތުގެ ތެރެއިން.
2:16 : ސަން ޓްރެވަލް ޝިޔާމަށް ފައިސާ ގެންގޮސް ދިނިން 2016 ވަނަ އަހަރުގެ މެދު ތެރޭ ހިސާބުގައި. ފޯނުން ގުޅުއްވާ ރައީސް ޔާމީން އެދިލެއްވީ ސަން ޝިޔާމަށް ފައިސާ ހަވާލުކޮށްދެއްވުމަށް. އޭރު ހުރީ މުލިއާގޭ އެކްސްޓާނަލް ޑިޕާޓުމަންޓުގެ ހެޑަކަށް. ފައިސާ ބަލާ ދިޔައި ހިލާލީ ގެއަށް. އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ހަވާލުކުރި ފައިސާ. ޑޮލަރު މާރު ކުރުމުގެ މުއާމަލާތުގެ ފައިސާ ކުރިންވެސް ހުންނާނެ މީހުންނާ ހަވާލުކުރެވިފައި. އަޅުގަޑާ ފައިސާ ހަވާލުކުރީ ހިލާލީގެ ސިޓިން ރޫމުގައި. ފައިސާ ހުރީ ބޮޑި ބޮޑިއަށް. ފައިސާ ހަވާލުކުރީ ޓްރޯލީ ބޭގެއްގައި. ފައިސާ ހަވާލުވާން އަންނަން ދެން މަޑު ކޮށްލައިގެން ހުއްޓާ ނަރީޝް އާ ޝުއާއު ވެސް އެ ތަނަށް އައި. 17 މިލިއަން 2 ލައްކަ 39 ހާސް ރުފިޔާ ހަވާލުކުރި ހަނދާން ވަނީ. ފައިސާ ހުރީ ބަންޑްލް ކޮށްފައި. 500 އިން ބަންޑްލް ކޮށްފައި ހުރީ. ފައިސާ އާ ހަވާލުވާން އައި ތަންގާ ރާޖާ ކިޔާ މީހެއް. އެއީ ސަން ޝިޔާމްގެ ޑްރައިވަރު. އެނގެނީ އެހެންވެ. ފައިސާ ހަވާލުކުރަން މަގު މައްޗަށް އަޅުގަޑާ އެކު ޝުއާއު އާ ނަރީޝްވެސް ނުކުތް. ޑްރައިވަރު ހުރީ ހިލާލީގޭ އިރުމަތީ ފަރާތު ދޮރު ކައިރީ މަގުމަތީގައި. ފައިސާ ޓްރޯލީ ޑިކީއަށް ލީ އަޅުގަޑު. އެއީ ރޭގަނޑުގެ ވަގުތެއް. އެރޭގެ އިޝާ ނަމާދުގެ ފަސް.
2:56 : އަބްދުﷲ ރަޝީދުގެ ހެކި ބަސް ނަގާ ނިމުނީ.
2:56 : މައްސަލައިގެ ހެކި ބަސް ނެގުމުގެ މަރުހަލާ ނިމުނީ.
2:56 : މިއަދު އަޑު އެހުން ގާޒީ ނިންމަވާލައްވައިފި.