April 4, 2026
Advertisement
މާލެ ސިޓީ
މާލެ ސިޓީ / ކޯޕަރޭޓް މޯލްޑިވްސް

އިންފްލޭޝަން ރޭޓް ހުރީ 5.62 އިންސައްތައިގައި

Hussain Nawaf
ހުސައިން ނަވާފް
May 27, 2025, 11:09 PM

އިންފްލޭޝަން ރޭޓް ހުރީ 5.62 އިންސައްތައިގައިކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.

Advertisement

އެންބީއެސް އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހާއި އަޅާބަލާއިރު މި އަހަރުގެ މާޗުގައި އަގުތައް ވަނީ 5.62 އިންސައްތައަށް އުފުލިފައެވެ.

އަގުތައް އެންމެ ބޮޑަށް އުފުލުނު ބާވަތްތަކުގެ ތެރޭގައި މަހާއި ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ އާލާތްތަކުގެ އިތުރުން އަމިއްލަ އުޅަނދުތައް ހެދުމަށް ނުވަތަ މެއިންޓެނެންސްގެ އަގުވަނީ އުފުލިފައެވެ.

އެގޮތުން މަހުގެ އަގު 1.75 އިންސައްތައިން އިތުރު ވި އިރު ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ އާލާތްތަކުގެ އަގުވަނީ 3.33 އިންސައްތައިން އިތުރުވެފައެވެ. އަދި އަމިއްލަ އުޅަނދުތައް ހެދުމަށް ނުވަތަ މެއިންޓެނެންސްގެ އަގުވަނީ 11.07 އިންސައްތައިން އިތުރުވެފައެވެ.

އަގުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ މޭވާ އާއި ތަރުކާރީންނެވެ. މީގެ އިތުރުން ޑޮމެސްޓިކް އަދި ހައުސްހޯލްޑް ސާވިސަސްގެ އަގުވެސްވަނީ ދަށްވެފައެވެ.

މޭވާގެ އަގު 9.43 އިންސައްތައިން ދަށްވި އިރު ތަރުކާރީގެ އަގު ދަށްވެފައިވަނީ 7.46 އިންސައްތައިންނެވެ. މީގެ އިތުރުން ޑޮމެސްޓިކް އަދި ހައުސްހޯލްޑް ސާވިސަސްގެ އަގުވެސްވަނީ 3.69 އިންސައްތައިން ދަށްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved