March 20, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

މިއަދުގެ މިނިވަން މުއައްސަސާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ހުރި ތަންތަން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
May 30, 2025, 09:42 PM
މާލެ ސިޓީ

މިއަދުގެ ގައުމުގެ މިނިވަން މުއައްސަސާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ހުރި ތަންތަން ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ޗެނަލް13 އިން ގެނެސްދޭ "ވީކެންޑް ވިތު ޑރ. ޖަމީލު" ގެ މި ހަފްތާގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އިޝާރާތަކަށް ވަކި ބޭފުޅަކު ސުޕްރީމު ކޯޓަށް އައްޔަން ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅުގައި އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ފަނޑިޔާރު މުހައްމަދު ސަލީމުގެ ޝަރުތުތައް ފުރިހަމަ ނުވުމުން އޭނާއަށް ފެތޭ ގޮތަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތްއޮތުމެއް އޭނާއަށް ފެތޭ ގޮތަށް ފަރުމާކޮށް ނިންމުމުން އެނގިގެން ދަނީ އެ މުއައްސަސާތަގެ މިނިވަންކަން ގެއްލިފައިވާ މިންވަރު ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ މިއަދު އެއީ ހަމައެކަނި ޖޭއެސްސީގެ ހާލު ނޫން ކަމަށާ ގައުމުގެ މިނިވަން ހުރިހާ މުއައްސަސާއެއްވެސް ހުރީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅު ތެރެއަށް ލައްވާ އެ މުއައްސަސާތަކުގެ އިންޓަރގްރިޓިއާ މެދު ސުވާލު އުފެދޭ ހިސާބުގައި ކަމަށެވެ.

އަޅުގަޑަށް ގަބޫލުނުކުރެވޭ އިނގޭތޯ މިއަދު ރާއްޖޭގެ ވަކި އެއްވެސް މިނިވަން މުއައްސަސާއެއް، މިސާލަކަށް ބަލާކަމުގައި ވަންޏާ އޮޑިޓަރ ޖެނެރަލްވިޔަސް އޭސީސީ ވިޔަސް، ޖޭއެސްސީ ވިޔަސް. މިތަންތަނުގައި މިއަދު ބަޔަކު ގަބޫލެއް ނުކުރޭ މި މީހުން ކުރަނީ އަކީ ކޮންމެހެން އެއްކަލަ މިނިވަން މުއައްސަސާއެއްގެ މަސައްކަތް ކަމަށް. މީ ހުރީހާ މުއައްސަސާއެއް މިއޮތީ، ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅުގައި. މިއީ މިިހާރު ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކަންކަން ތިބޭ ބައެއް. އެމީހުން އެމީހުންގެ ޕްރޮފެޝަނަލް އެތިކްސް ފޮލޯއެއް ނުކުރޭ.

ޑރ ޖަމީލު

ޑރ ޖަމީލު ވަނީ މިހާރު ގައުމުގެ ކަންކަން ދަތުރުކުރަމުންދާ މިސްރާބުން ގައުމުގެ މުސްތަގުބަލު ފެންނަނީ އަނދިރިކޮށް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved