މިފްކޯގެ ކުރީގެ ސީއީއޯ ވިޓާލީ ލުބިމޯވް / މިފްކޯ
ހަބަރު
މިފްކޯ ހިންގުމަށް ދަތިވާ މިންވަރަށް ސިޔާސީ ނުފޫޒު ފޯރި: ކުރީގެ ސީއީއޯ
Hussain Nawaf
ހުސައިން ނަވާފް
02 ޖޫން 2025

މިފްކޯ ހިންގުމަށް ދަތިވާ މިންވަރަށް ސިޔާސީ ނުފޫޒު ފޯރި ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް ވިދާޅުވެއްޖެ އެވެ.

ވިޓަލީ މިފަދައިން ވިދާޅުވެފައިވަނީ އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިންނެވެ.

އެ އިންޓަވިއުގައި މެނޭޖްމަންޓުން ނިންމާ ނިންމުންތަކާއި އޭނާ ހިފެހެއްޓި ޕޮލިސީތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެފަދަ އެއްވެސް ނުފޫޒެއްގައި ޖެހިފައި ނުވާނެ ކަމާއި ކުރު މުއްދަތެއްގައި ވެސް ވިޔަފާރީގެ މަރުހަލާތައް ފަސޭހަ ކުރެވި، މެނޭޖްމަންޓު ސްޓްރަކްޗާއަށް ރަނގަޅު ބަދަލުތަކެއް ގެނެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި ވިޓަލީއަށް ހުރެވުނީ އެންމެ 84 ދުވަހެވެ. އޭނާ މިފްކޯގެ ސީއީއޯގެ މަގާމާއި ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved