އީދު ނަމާދުގެ ތެރެއިން / ރައީސް އޮފިސް
ހަބަރު
މާލޭ ސަރަހައްދު ތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ތަންތަން ކަނޑަޅައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
02 ޖޫން 2025
މާލެ ސިޓީ

މި އަހަރުގެ އަޟްހާ އީދު ނަމާދާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތަކަށް އީދު ނަމާދު ކުރާ ތަންތަނުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އެ ވުޒާރާއިން ވަކި މިސްކިތްތަކާއި މައިދާންތަކެއް މާލޭ ސަރަހައްދު ތަކުގައި ކަނޑައަޅާފައި ވާކަމަށާއި، އެގޮތުން މާލޭ ސަަރަަހައްދުގައި އީދު ބޮޑު ޖަމާއާތް ހެދުމަށްޓަކައި ހަތަރު ތަނެއް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ތަންތަނަކީ މާލޭގެ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމެވެ.އަދި މި ޖަމާއަތް ތަކުގެ އިތުރުން ބަޔާން ކުރެވިފައިވާ 24 މިސްކިތުގައިވެސް އީދު ނަމާދު ކުރެވިގެން ދާނެކަމަށެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ހަތަރު ސަރަހައްދުގައި، ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.

ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. މި އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved